06 Sep 2017, 15:42
ދެހާހުގެ ކުރީގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުގެ ރަސްކަން ކުރި ބޮބީ ޑިއޯލް ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ފިލުމަކުން ފެންނަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިއްޖެއެވެ. މިއީ ހަމަގައިމުވެސް ބޮބީއަށް ތާއީދު ކުރާ އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.
ބޮބީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2013 ވަނަ އަހަރު އޭނާގެ ބައްޕަ އާއި ބޭބެ އެކުގައި ކުޅުނު "ޔަމްލާ ޕަގްލަ ދީވާނާ 2" އިންނެވެ.
ކާމިޔާބު ފިލުމުތަކެއް ކުޅެފައިވާ ބޮބީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޝްރިއާސް ޓެލްޕޭޑްގެ "ޕޯސްޓާ ބޯއީޒް" އިންނެވެ.
"ހަތަރު އަހަރުވެއްޖެ ފިލުމެއް ނުކުޅޭތާ. ޝްރިއާސް ސްކްރިޕްޓް ކިޔާދީފަ ބުނީ މި ފިލުމު ކުޅެން ވާނޭ. ވަރަށް އުފާވެސް ވި، ނާވަސް ވެސް ވި އެ ވަގުތުކޮޅު. ދުވަހަކުވެސް ނުކުޅޭ ކަހަލަ ބައެއް މި ފިލުމުގަ ކުޅެން ލިބުނީ. ވަރަށް ތަފާތުވާނެ. ސެޕްޓެމްބަރު އަށް ވަނަ ދުވަހު ފިލުމު ރިލީޒްވާނެ،" އޭނާ ބުންޏެވެ.
މި ފިލުމަކީ 2014 ވަނަ އަހަރު ނުކުތް ޕޯސްޓާ ބޯއީޒްގެ ރީމޭކެއް ކަމަށްވެސް އޭނާ ބުންޏެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ހަތް ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ބޮބީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ބާދަލް، ހަމްރާޒް، ކިސްމަތު އަދި އާޝިގު ހިމެނެއެވެ.