26 Jul 2011, 14:20
ވަތަނިއްޔާއިން ޖުލައި މަހު ކުރިއަށްގެންދިޔަ "ސްޕެންޑް އެންޑް ވިން ޕްރޮމޯޝަން"ގެ ނަސީބުވެރިންނަށް އިނާމް ހަވާލުކޮށްފި އެވެ.
ވަތަނިއްޔާ އެކްސްޕީރިއަންސް ސެންޓަރުގައި އިއްޔެ 12:00 ޖެހިއިރު އޮތް ރަސްމިއްޔާތުގައި ގުރުއަތުން ހޮވުނު އަށް ފަރާތަކަށް އިނާމް ހަވާލު ކޮށްދެއްވީ ވަތަނިއްޔާ ހެޑް އޮފް މާކެޓިންގް ކޮމިނިއުކޭޝަން އައިޝަތު ޒަމްރާ ޒާހިރު އެވެ.
ޕްރޮމޯޝަނުން އެއްވަނަ އަށް އައި ބ. ކެންދޫ ވަތަން، މުހަންމަދު މުރާދު އަށް އައިލެންޑް މިއުޒިކްގެ ފަރާތުން ވަނީ ހޯމް ތިއޭޓާ ސިސްޓަމެއް ހަދިޔާ ކޮށްފަ އެވެ. ދެވަނަ އަށް ހޮވުނު ގދ. ތިނަދޫ ސަންލައިޓް، ނާޒިމް އިބްރާހިމް އަށް ލިބުނީ މެގަ މޯލްޑިވްސްގެ ފަރާތުން ހޮންކޮންގް ދެކޮޅު ޓިކެޓެވެ. ތިން ވަނަ އަށް ހޮވުނު ވ. ފުލުދޫ ވަނީލާގެ، އަހުމަދު ޝަރީފް އަށް ލިބުނީ އެސްޓީއޯ ގެ ފަރާތުން "42 އިންޗީ ގެ ޓީވީ އެކެވެ. ހަތަރު ވަނަ އަށް ހޮވުނު އަމީން ކޮންސްޓަކްޝަންގެ، ގޯޕާލާ ބަލަކްރިޝްނަން އަށް ލިބުނީ ބަދިގެ.ކޮމް އިން އެއްހާސް ރުފިޔާގެ ގިފްޓް ވައުޗާ އެކެވެ. ފަސްވަނަ އަށް ހޮވުނު ހުޅުމާލޭ ފްލެޓް 07-1-5، މުހަންމަދު ނައީމް އަށް ލިބުނީ ފޯމެކްސް އިން ކޮންޕިއުޓާ ސިސްޓަމެކެވެ. ހަވަނަ އަށް ހޮވުނު ދ.ކުޑަހުވަދޫ ކަށިމާގެ، ހަމްސިޔާ އަބްދުލް ގާދިރު އަށް ލިބުނީ ނިއުޓްރޯނިކްސް އިން ރެފްރިޖިރޭޓާ އެކެވެ. ހަތްވަނަ އަށް ހޮވުނު ޑީޕްރޫޓް އިންވެސްޓްގެ، ތިބޫ ސުލްތާން އަށް ލިބުނީ އެސްޓީއޯ އިން މަކީޓާ ކޯޑްލެސް އިންޕެކްޓް ޑްރައިވާ އެކެވެ. އަދި އަށްވަނަ ހޮވުނު ޝެރެޓަން މޯލްޑިވްސްގެ، ތޫރަބް އަލީ އަށް ލިބުނީ މާމޯލް އިން އެއްހާސް ރުފިޔާގެ ގިފްޓް ވައުޗާ އެކެވެ.
ވަތަނިއްޔާއިން ވަނީ މި ޕްރޮމޯޝަނަށް އިނާމް ހަދިޔާ ކޮށްދެއްވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފަ އެވެ.