އޭއެފްސީ ބީ ލައިސަންސް ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.

ނޮވެމްބަރު 5އިން 24ގެ ނިޔަލަށް ކުރިއަށްގެންދާ އޭއެފްސީ ބީ ލައިސަންސް ކޯޗިން ސެޓްފިކެޓް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފިރިހެން އަދި ފިރިހެން ފަރާތްތަކަށް އެފްއޭއެމުން ވަނީ ހުޅުވާލައިފަ އެވެ.

އެ ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެފްއޭއެމް އިދާރާއަށް ފޯމް ހުށަހެޅުމަށް އެ އިދާރާއިން އެދެއެވެ. އެ ކޯހުގެ ބައިވެރިންގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށް އެފްއޭއެމުން ނިންމާފައިވެ އެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުގައި، ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ހެނދުނު 9:00 އިން ފެށިގެން 16:00އަށް އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

އެފްއޭއެމުން ދަނީ ކޯޗުން އަދި ރެފްރީން ތަމްރީން ކުރުމަށް ފީފާއާއި އޭއެފްސީއާ ގުޅިގެން ތަފާތު ކޯސްތައް ހިންގަމުންނެވެ.