ރިޓަޔާ ކޮށްފައިވާ އުތުރު ކޮރެއާގެ ކުރީގެ ޕްރެޒެންޓަރު ރީ ޗުން ޔީ އަށް އަނެއްކާ ވެސް މީޑިއާގެ ބޮޑު ސަމަލާކަމެއް ލިބެއްޖެ އެވެ.

ރީ އަކީ އުތުރު ކޮރެއާ އިން ނިއުކްލިއާ ޓެސްޓް ކުރާ ކޮންމެ ފަހަރަކު އެގައުމުގެ ސްޓޭޓް ޓީވީއަށް އަރާ ބޭފުޅެކެވެ. ރީ އަކީ އޭނާގެ ވަރުގަދަ އަޑުން އުތުރުކޮރެއާގެ ނިއުލްލިއާ ސިޔާސަތު ވަރަށް ޖޯޝާއެކީ ރައްޔިތުންނަށް އިއްވުމުގައި އަރާ ހުރި ޕްރެޒެންޓަރެކެވެ.

"ހައިޑްރޮޖަން ބޮމަކީ އުތުރުކޮރެއާގެ އިންޓަކޮންޓިނެންޓަލް ބެލެސްޓިކް ޕްރޮގްރާމަަށް ލިބުނު ކާމިޔާބީގެ އިތުރޮ ބޮޅެއް،" އުތުރުކޮރެއާއިން ހައިޑްރޮޖަން ބޮން ކާމިޔާބުކަމާ އެކު ޓެސްޓުކުރުމުން އެކަމުގައި އުފަލުގައި ޓީވީއަށް އަރައި ވަރަށް ޖޯޝާއެކު ރީ ބުންނެވެ.

"ރައްޔިތުންގެ ޕްރެޒެންޓަރު"ގެ ގޮތުގައި މަޝްހޫރުވެފައިވާ 74 އަހަރުގެ ރީ އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އޭނާ އަޅާ ގަދަ ފިޔާތޮށި ކުލައިގެ ހެދުންތަކުގެ ސަބަބުންނެވެ. އާންމުކޮށް ރީ ކޮރެއާގެ ސަގާފީ ހެދުމެއް ކަމަށްވާ ހޭންބުކް އަޅާއިރު ހުޅަނގުގެ ހެދުންތައް ވެސް މަދުމަދުން ލައި އުޅެ އެވެ.

އުތުރުކޮރެއާގެ ސިޓީއެއް ކަމަށްވާ ޓޮންގްޗޮންގްގެ ފަގީރު އާއިލާއަކަށް އުފަންވި ރީ ޕްޔޮންގްޔެންގް ޔުނިވާސިޓީގައި ޕާފޯމަންސް އާޓްސް ކިޔެވުމަށް ފަހު އުތުކޮރެއާގެ ކޭސީޓީވިއާ ގުޅުނީ 1971 ވަނަ އަހަރު އެވެ. އަދި އެންމެ ތިން އަހަރު ދުވަހުގެ ތެރޭ ރީ އަށް ޗީފް ނިއުސް ޕްރެޒެންޓަރުގެ މަގާމު ލިބުނެވެ.

ރީ އަކީ އޭނާ ހުށައަޅައިދޭ އިރު އަބަދު ވެސް ވަރަށް ޖޯޝުގައި މީހުންގެ ލޭ ކައްކުވާލާ ކަހަލަ ރާގެއްގައި ވާހަކަ ދައްކާ ޕްރެޒެންޓަރެކެވެ. އެހެންނަމަވެސް އުތުރު ކޮރެއާގެ ކުރީގެ ލީޑަރު މަރުވި ދުވަހު ރީ ވަނީ ޓިީޥީގައި އަޑުން އަޑު ނަގާ ރޮއެފަ އެވެ.

އުތުރުކޮރެއާގެ މިހާރުގެ ލީޑަރަށް ވެސް ރީ ހުށައަޅާދޭ ގޮތް ވަރަށް ކަމުދެ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ރިޓަޔާ ކުރި ކަމުގައި ވިޔަސް ރީ މަދު މަދުން އުތުރުކޮރެއާގެ އަސްކަރިއްޔާގެ އިިިއުލާންތައް ރައްޔިތުންނަށް އިއްވުމަށް ޓަކައި ޓީޥީ އަށް އަރަ އެވެ. އަދި މިހާރު ގިނައިން ހޭދަކުރަނީ ޕްރެޒެންޓަރުން ޓްރެއިން ކުރުމުގަ އެވެ.

ރިޓަޔާ ކުރުމުގެ ކުރިިން ރީ އަކީ އުތުރުކޮރެއާގެ ކޮންމެ ގެއެއްގެ ޓީވީން އަބަދުހެން ފެންނަ މޫނެކެވެ. ރީ އަކީ އާންމުކޮށް އުުތުރުކޮރެއާގެ ލީޑަރުގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން މީޑއާ އާ ހިއްސާކުރުމުގައި އުޅުނު ޕްރެޒެންޓަރެކެވެ.

"އޭނާގެ އަޑަކީ ވަރަށް ވަރުގަދަ އަޑެއް. އޭނާ ވާހަކަދައްކާ އިރު ބަލާމީހުން ތިބޭނީ އަބަދުވެސް އޭނާއާ ވަރަށް ގަޔާވެގެން." އުުތުރުކޮރެއާގެ ސަރުކާރުން ނެރޭ މެގަޒިންއެއްގައި ބުންޏެވެ.