05 Sep 2017, 13:37
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ 23 ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާތިލުކޮށްފި އެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ެއެެކޮނަމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް ބާތިލު ކުރުމަށް ފަހު ބާތިލް ކުރެވުނު ވިޔަފާރިތަކުގެ ނަން އާންމު ކުރަން ޖެހެ އެވެ.
އެ ގޮތުން އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ގެޒެޓް ކުރި އިއުލާނުގައި ވިޔަފާރީގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާ 23 ވިޔަފާރިއެއްގެ ނަން ވަނީ އާންމު ކޮށްފަ އެވެ.
އިކޮނަމިކް މިިނިސްޓްރީ އިން ބުނީ، ރަޖިސްޓްރީ ބާތިލު ކޮށްފައި ވަނީ ވިޔަފާރިތަކުގެ ވެރިފަރާތުން ވިޔަފާރި އިތުރަށް ކުރިޔަށް ގެންދަން ބޭނުން ނުވާކަން އެ މިނިސްޓްރީއަށް އެންގުމުން ކަމަށެވެ.