05 Sep 2017, 13:42
ޗައިނާގެ ފަތުރުވެރިކަމުގެ މާހިރު އަދި ޗައިނާ އައުޓްބައުންޑް ޓޫރިޒަމް ރިސާޗް އިންސްޓިޓިއުޓް (ކޮޓްރީ)ގެ ފައުންޑާ އަދި ޑިރެކްޓަރު، ޕްރޮފެސަރު ވޮލްފް ޖޯޖް އާލްޓް މަޓާޓޯ އާއެކު ތަމްރީން ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
މަޓާޓޯއިން ބުނީ މި މަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމަކީ މިހާތަނަށް މިފަދަ ގޮތަކަށް މަޓާޓޯއަށް ހާއްސަކޮށް ބޭއްވޭ ފުރަތަމަ ތަމްރީން ޕޮރޮގްރާމް ކަމަށެވެ. މި ތަމްރީން ޕްރޮގްރާމަކީ އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕްރްގްރާމެއް ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.
މި ތަމްރީން ޕްރޮގަރާމުގައި ޕްރޮފެސަރު ވޮލްފް ޖޯޖް އާލްޓް ޗައިނާގެ މާކެޓް ޕްލޭން އާއި ޗައިނާގެ ފަތުރުވެރިކަން އޮތް ދިމާތަކާ އަދި މިނޫންވެސް ޗައިނާގެ ފަތުރުވެރިކަމާބެހޭ ގޮތުން މައުލޫމާތު ބަދަލުކުރާނޭ ކަމަށް މަޓާޓޯއިން ބުންޏެވެ.
މަޓާޓޯއިން ބުނީ މި ތަމްރީން ޕްރޮގްރާމަކީ މިފަދަ ޕްރޮގްރާމް ތަކުގެ ފެންށުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އިންޑިއާ އަދި މެދު އިރުމަތީގެ މާކެޓަށް ހާއްސަކޮށްގެންވެސް ތަމްރީން ޕްރޮގްރާމްތަށް ބޭއްވިގެންދާނެކަމަށެވެ.
ކޮޓްރީ އަކީ ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އުސްފަންތީގައި ހޯދުންތަށް ހޯދައި ތަމްރީނުތައް ހިންގަމުން އަންނަ އިންސްޓިޓިއުޓް އެކެވެ. އަދި ޕްރޮފެސަރު ވޮލްފް ޖޯޖް އާލްޓަކީ ޗައިނާއިން މިހާރު ދެކެމުންއަންނަ ފަތުރުވެރިކަމުގެ ކާމިޔާބުގެ ފަހަތުގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.