މިލާން (ސެޕްޓެމްބަރު 4) -- އިޓަލީގެ މިލާނުގެ ކޮކެއިންގެ ރަސްގެފާނު ފިލައިގެން އުޅޭތާ 23 އަހަރު ފަހުން އެންމެ ފަހުން އުރުގުއާ އިން ހައްޔަރުކޮށްފި އެވެ.

ރޮކޯ މޮރާބިތޯ ކިޔާ އެ މީހާއަކީ ބޮޑެތި މާފިއާތަކާ ގުޅުން އޮންނަ މީހެއް ކަމަށާއި އަދި މަސްތުވާތަކެތި އެތެރެކުރުމާއި އަދި އެހެނިހެން ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހެއް ކަމަށް އިޓާލީގެ އިންޓިރީއާ މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އޭނާ ފިލައިގެން އުޅެނީ އެކުށްތައް އޭނާގެ މައްޗަށް ސާބިތިވެފައިވާތީ ކަމަށެވެ.

މޮރާބިތޯ އަކީ އިޓާލީގެ އެންމެ ބާރުގަދަ ގޭންގެއް ކަމަށްވާ "ޑްރަންގީޓާ"ގެ މެމްބަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އެ ގޭންގް މަޝްހޫރުވެފައި ވަނީ އުތުރު އެމެރިކާ އިން އެންމެ ގިނައިން ޔޫރަޕަށާއި އިޓާލީއަށް އެންމެ ގިނައިން ޑްރަގްސް އެތެރެކުރާ ގޭންގުގެ ގޮތުގަ އެވެ.

މޮރާބިތޯ އަތުލައިގެންފައި ވަނީ އިޓަލީއާއި އުރުގުއީގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އުރުގުއާއީގެ ސިޓީއެއް ކަމަށްވާ ޕުންޓާ ޑެލް އެސްޓޭއިންނެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ ކޮރިއޭރޭ ޑެއްލާ ސޭރާ ބުނި ގޮތުގައި މޮރާބިތޯގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 1994 ވަނަ އަހަރު އެއްޓަނުގެ ކޮކެއިން އިޓާލީއަށް އެތެރެކުރަން އުޅެނިކޮށް ފަޅާއެރުމުންނެވެ. އޭރުއްސުރެ އިޓަލީގެ ސަރުކާރުން ދިޔައީ މޮރާބިތޯ ހައްޔަކުރުމަށް ކެނޑިނޭޅި މަސައްކައްކުރަމުންނެވެ.

ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު އިޓަލީން ވަނީ މޮރާބިތޯ ހައްޔަކޮށް އިޓަލީއަށް ގެނައުމަށް ޓަކައި އިންޓަޕޯލުގައި ރެޑް ނޯޓިސްވެސް ނެރެފަ އެވެ. މޮރާބިތޯއަކީ އިޓަލީގެ ސަރުކާރުން ހޯދަން ބޭނުންވެގެން އުޅޭ އެންމެ ބޮޑެތި ފަސް ކޮށްވެރިްގެ ތެރޭގައި ހިމެނޭ މީހެކެވެ.

މައުލޫމާތު: ދި އިންޑިޕެންޑެންޓް