05 Sep 2017, 10:06
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ސެލޯފިންކޮޅާއެކު ޅ. ނައިފަރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ކުއްޖާ ހައްޔަރު ކޮށްފައިވަނީ ނައިފަރުގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޓީޝާޓްގެ ކަރާއި ކަނދުރާއާ ދެމެދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅު ފެނިފައިވެއެވެ.
ފުލުހުން ބުނީ، މިމައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެއެެވެ.