04 Sep 2017, 17:05
އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސް ގެ ދަރިކަލުން ޕްރިންސް ވިލިއަމްސް އާއި ކޭޓް މިޑުލްޓަންއަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭކަން ކެންސިންގްޓަން ޕެލެސްއިން ހާމަކޮށްފި އެވެ.
އިނގިރޭސި ރާނީ އާއި ދެ ފަރާތުގެ އާއިލާއިން ތިބީ އެކަމާ ވަރަށް އުފަލުން ކަމަށް ކެންސިންގްޓަން އިން ނެރުނު ބަޔާނުގައި ބުންޏެވެ.
The Duke and Duchess of Cambridge are very pleased to announce that The Duchess of Cambridge is expecting their third childpic.twitter.com/DZCheAj1RM
— Kensington Palace (@KensingtonRoyal)September 4, 2017
ކުރީ ފަހަރު ތަކަކޭ އެއްގޮތަށް މިފަހަރު ވެސް ކޭޓް އުޅުއްވަނީ މާގިނައިން ހޮޑުލެވޭތީ އެވެ.
ކޭޓް މާ ބޮޑަށް ބަލިވެ އުޅޭތީވެ ލަންޑަންގެ ހޯންސޭ ރޯޑްގައި ހުންނަ ކުޑަކުދިންގެ ސެންޓަރަށް މިއަދު ކުރަން ހަމަޖެހިފައި އޮތް ޒިޔާރަތް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ޕްރިންސް ވިލިއަމްސްގެ މިހާރު ތިބެނީ ޖޯޖް ކިޔާ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ޗާލޮޓް ކިޔާ ދެ އަހަރުގެ އަންހެން ކުއްޖަކެވެ.
ކޭޓް މީގެ ހަފްތާތަކެއް ކުރިން ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނާ ރިޕޯޓްތަކެއް މީޑިއާގައި ދައުރުވަމުންދިޔައެވެ. އެ ދުވަސްވަރު ވެސް ކޭޓަށް ދަރިއަކު ލިބެން އުޅޭކަމުގެ ވާހަކަތައް ތުންތުން މަތިން ދެކެވުނެވެ.