ސްރީލަންކަން އެއާލައިންސް އިން މެގަ ސޭލްގެ ނަމުގައި ހާއްސަ ފެއާއެއް ތައާރަފްކޮށްފި އެވެ.

ސްރީލަންކަން އެއާލައިންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހާއްސަ ފެއާގެ ދަށުން ސްރީލަންކަން އެއާލައިން އިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ބެންކޮކް، ސިންގަޕޫރު، ކުއާލާލަންޕޫރު އަދި ޑާކާ އަށް ހާއްސަ އަގުތަކެއްގައި ޓިކެޓް ވިއްކަމުން ދާނެ ކަމަށެވެ. އެގޮތުން ޓިކެޓް ވިއްކަން ހަމަޖެހިފައިވާ އަގުތަކަކީ:

ބެންކޮކްގެ ދެކޮޅު ޓިކެޓް 407 ޑޮލަރު

ސިންގަޕޫރުގެ ދެކޮޅު ޓިކެޓް 341 ޑޮލަރު

ކުއާލަލަންޕޫރުގެ ދެކޮޅު ޓިކެޓް 359 ޑޮލަރު

ޑާކާ އަށް އެއްކޮޅު ޓިކެޓް 193 ޑޮލަރު އަދި ދެކޮޅު ޓިކެޓް 442 ޑޮލަރު

ސްރިލަންކަން އެއާލައިން އިން ބުނީ މި ފެއާގެ ދަށުން ސެޕްޓެންބަރު 30ގެ ނިޔަލަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލާ ހަމަޔަށް ހުރި ދަތުރުތަކުގެ ޓިކެޓް މި ފެއާގެ ދަށުން ލިބެން ހުންނާނެ ކަމަށް ވެސް ސްރީލަންކަން އެއާލައިން އިން ބުންޏެވެ.

އެ ފެއާގެ ދަށުން ދަތުރުކުރާ ބިދޭސީންނަށް 26 ޑޮލަރު އިތުރަށް ޗާޖު ކުރާނެ ކަމަށް ވެސް ސްރީލަންކަން އެއާލައިން އިން ބުންޏެވެ.