ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކްލިކް ކޮލެޖް ގުޅިގެން ހިންގި ސެޓްފިކެޓް އިން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ ޖުޑިޝަރީގެ އިދާރީ މުއައްޒިފުން ބައިވެރިވި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނީ އާދިއްތަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކްލިކް ކޮލެޖް ގުޅިގެން ހިންގި ސެޓްފިކެޓް ތިނެއް އަދި ހަތަރެއްގެ ކޯސް ހިންގާފައި ވަނީ، ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި، ބެޗްތަކަކަށް ބަހާލައިގެން ނެވެ. ކޯހުގެ ފުލްޓައިމް ބެޗްގެ މުއްދަތަކީ ދޮޅު މަސް ކަމަށާއި، ޕާޓް ޓައިމް ބެޗްގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.
ޖޫޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި 75 ބޭފުޅަކު ބައިވެރިވި ކޯސްތަކުގައި ކިޔަވައިދީފައި ވަނީ ޖުޑީޝަލްގެ ބައެއް ބޭފުޅުންނާއި ކްލިކް ކޮލެޖުގެ ލެކްޗަރާ އިންނެވެ.

ރާއްޖޭގެ ކޯޓްތަކާއި ޖުޑީޝަލްގެ އިދާރީ މުއައްޒަފުންނަށް އަދުލު އިންސާފު ގާއިމްކުރާ ދާއިރާ ހިންގުމުގެ ރޮނގުން ތަމްރީނު ދެނީ އެ ދާއިރާ ހަރުދަނާ ކުރުމަށް ކަމަށް ޖޫޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.