Back
Nov 23, 2025 SUN
SUN

އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިއްޖެ

އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިއްޖެ
Lead photo

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިއްޖެއެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އީދު ޗުއްޓީއަށް ސަރުކާރު ބަންދުވުމުގެކުރިން ކަމަށެވެ.

ފުލުހުންގެ އިދާރާ އަށް އަދީބުގެ ގާނޫނީ ވަކީލު ސިރާޖު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދީބުގެ ލޮލުގެ ވަށައިގެން ކަޅީގެ ތެރެޔަށް ފެތުރޭކަލަގޮތަކަށް ހުދު ރޮނގެއް އެބަހުރިކަމަށާއި ލޮލުގެ ކަޅީގެ ކުލަ ބަދަލުވަމުންދާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާތީ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ގާނޫނީ ވަކީލަށް އެމަނިކުފާނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ސިރާޖު ވިދާޅުވެފައި ވަނީ އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވުން ހިމެނޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދާދިފަހުން ވިދާޅުވެފައި ވަނީ އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދެވޭނީ އެމްއެމްޕީއާރްސީގެތެރެއިން އޭނާ ނެންގެވި ފައިސާތައް އަނބުރާ ދައުލަތަށް ދިނުމުން ކަމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics