އެމެރިކާގައި މިހާރު ކުރިއަށްދާ އަހަރުގެ ފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން އިން ރަޝިއާގެ މާރިއޯ ޝަރަޕޯވާ ކަޓައިފި އެވެ.

ނަވާރަ މަހަށް ފަހު ކުޅޭ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތުން ޝަރަޕޯވާ ކެޓީ މުބާރާތުގެ ހަތަރު ވަނަ ބުރުގައި ލެޓްވިއާގެ ސެވަސްޓޯވާއާ ބައްދަލުކޮށް 1-2 ސެޓުން ބަލިވުމުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 5-7ގެ ނަތީޖާއަކުން ޝަރަޕޯ ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު 4-6 ގެ ނަތީޖާއަކުން ސެވަސްޓޯވާ ވަނީ ގެންގޮސްފަ އެވެ. އަދި ފަހު ސެޓު ވަރަށް ފަސޭހަކަމާއެކީ 2-6ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެވަސްޓޯވާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ޝަރަޕޯވާއަށް މީގެކުރިން ބައިވެރި ނުވެވުނީ މަނާބޭހަށް ކުރާ ޓެސްޓުތަކުގައި އޭނާ މަކަރު ހަދާފައިވާތީ ދިން ސަސްޕެންޝަނުގެ ސަބަބުންނެވެ. އޭގެ ފަހުން އޭނާ ވަނީ ދުނިޔޭގެ ރޭންކިންގެ 146 ވަނަ އަށް ވެއްޓިފަ އެވެ.

އުމުރުން 30 ޝަރަޕޯވާ ވަނީ 2006 ވަނަަ އަހަރުގެ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބުކޮށްފަ އެވެ.