04 Sep 2017, 09:01
ޝުޖިތު ސިރްކާ ޑައިރެކްޓްކޮށް ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމް "އޮކްޓޯބަރ" އިން ބޮލީވުޑަށް އާ ބަތަލާއަކު ތައާރަފުކުރަން ނިންމައިފި އެވެ.
"ޖުޅްވާ2" ގެ ޝޫޓިންގް ނިންމާލުމަށްފަހު ދެން ޝޫޓް ކުރަން ހަމަޖެހިފައިވަނީ "އޮކްޓޮބަރ" ކަމަށް ވަރުން ބުންޏެވެ. އޭނާ އިސްޓަގްރާމް ކުރި ފޮޓޯއެއްގެ ކެޕްޝަނުގައި ބުނެފައި ވަނީ "އޮކްޓޯބަރ" އަށް ހޯދި ބަތަލާ ލިބިއްޖެ ކަމަށެވެ. އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި މީޑިޔާއަށް ހިއްސާއެއް ނުކުރެއެވެ.
ބަތަލާއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައި ނުވިޔަސް މި އާ ފަންނާނަކީ ކުޅަދާނަ ބަތަލެއް ކަމާ މެދު ޝައްކެތް ނެތެވެ. އެ ފިލްމުގައި ދިޕިކާ ހަރަކާތްތެރިވާނެކަމަށް އަޑު އަރާފައިވީނަމަވެސް ފިލުމަށް ނަގާފައިވަނީ މުޅި ބޮލީވުޑަށް ވެސް މުޅިން އާ ފަންނާނެކެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ބަތަލާ އަކީ މޮޑެލް އެކެވެ. "އޮކްޓޯބަރ" ފިލުމުގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގައި ކަން ވެސް ފާހަގަކޮށްލެވެއެވެ.
"އޮކްޓޯބަރ" އަކީ 2015 ގައި ރިލީޒްކުރި "ޕީކޫ" އަށް ފަހު ޝުޖިތު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. "ޕީކޫ" އަށްވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ފިލުމަކީ ލޯބީގެ އަސަރު ގަދަ ފިލުމެއްކަން ސްކްރީން ރައްޓަރު ޗޫހީ ޗަދްރަވެރީ ބުންޏެވެ. ފިލުމު ވެގެންދާނީ ތަފާތު މޮޅު ފިލުމަކަށް ކަމަށްވެސް އޭނާ ބުންޏެވެ.