03 Sep 2017, 13:39
ސޯލް (ސެޕްޓެމްބަރު 3): އުތުރު ކޮރެއާއިން ހަ ވަނަ ފަހަރަށް ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފި ކަމަށް އެގައުމުން ބުނެފި އެވެ.
އުތުރު ކޮރެއާއިން ބުނި ގޮތުގައި އެގައުމުން ވަނީ ކާމިޔާބު ކަމާއެކު ހައިޑްރޮޖެން ބޮމެއް ޓެސްޓުކޮށްފަ އެވެ. އެޓޮމިކް ބޮމަކަށް ވުރެ އެތައް ގުނައެއް ބާރުގަދަ އެހަތިޔާރު ދުރު ރާސްތާ މިސައިލަކުން ފޮނުވާލެވޭނެ ކަމަށް އެގައުމުން ބުންޏެވެ.
އުތުރު ކޮރެއާއިން އެފަދައިން ބުނެފައި ވަނީ އެގައުމަށް 6.3 މެގްނިޓިއުޑުގެ ލޮޅުމެއް އެރި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ފަހުންނެވެ. އެލޮޅުމަކީ މީގެ ކުރިން އުތުރު ކޮރެއާ އިން ނިއުކްލިއާ ޓެސްޓެއް ކުރި އިރު އައި ލޮޅުމަށް ވުރެ 9.8 ގުނަ ބާރުގަދަ ލޮޅުމެއް ކަމަށާއި އޭގެއިން ދޭހަވަނީ މިފަހަރު ޓެސްޓުކުރި މާވަރުގަދަ ހަތިޔާރެއް ކަން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އުތުރު ކޮރެއާއިން އެންމެ ފަހުން ނިއުކްލިއާ ހަތިޔާރެއް ޓެސްޓު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އަދި އދ. އާއި ދުނިޔޭގެ ބާރުތަކުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އުތުުރު ކޮރެއާއިން ވަނީ މަނާކޮށްފައިވާ ހަތިޔާރު ޓެސްޓު ކުރަމުންދާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)