ދުނިޔޭގެ މަޝްހޫރު ބިނާތަކެއް ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެ އުސް "ސޭންޑްކާސަލް" ނުވަތަ ވެލީގެ ގަނޑުވަރު ޖަރުމަނުގައި ހަދައިފިއެވެ.

ހުޅަނގު ޖަރުމަނުގައި އޮންނަ ޑޫސްބާގް ސިޓީގައި ތިން ހަފްތާގެ ބުރަ މަސައްކަތުން ކޮޅަށް ނެގި ވެލީގެ ގަނޑުވަރުގެ އުސްމިނުގައި 16.68 މީޓަރު ނުވަތަ 55 ފޫޓު ހުރިއިރު، އޭތި ހެދުމަށް ގާތްގަނޑަކަށް 4000 މެޓްރިކް ޓަނުގެ ވެލި ބޭނުން ކޮށްފައިވެއެވެ.

ޖަރުމަނުގައި ހެދި ދުނިޔޭގެ އެންމެ އުސް "ސޭންޑްކާސަލް" --- ފޮޓޯ/ ރޮއިޓާސް

ބައިނަލްއަގްވާމީ ފަންނުވެރިންނާއެކު ހެދި އެ ވެލީގެ ގަނޑުވަރުގައި ހިމަނާފައިވާ ބައެއް މަޝްހޫރު ބިނާތަކުގެ ތެރޭގައި ގީޒާގެ ގްރޭޓް ފީނިކްސް، ވެނީސްގެ ރިއަލްޓޯ ބްރިޖްގެ އިތުރުން ޕީސާގެ ހުންނަ ޓަވަރު ހިމެނެއެވެ.

އެންމެ އުސް ވެލީގެ ގަނޑުވަރުގެ ރެކޯޑް މީގެ ކުރިން އޮތީ އިންޑިއާގެ އަތުގައެވެ. އިންޑިއާގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހެދި ވެލީގެ ގަނޑުވަރުގެ އުސްމިނުގައި ހުރީ 14.84 މީޓަރު (49 ފޫޓު)އެވެ.

ޖަރުމަނުގައި ހެދި ދުނިޔޭގެ އެންމެ އުސް "ސޭންޑްކާސަލް" --- ފޮޓޯ/ ރޮއިޓާސް

އިންޑިއާ އިން އެ ރެކޯޑް ހެދުމުގެ ކުރިން ޖަރުމަނުން އެ ރެކޯޑް ހެދުމަށް މަސައްކަތްކުރި ނަމަވެސް، އެ މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

ޖަރުމަނުގެ ޓުއާ އޮޕަރޭޓަރެއް އިންތިޒާމްކުރި އެ ހަރަކާތުން ބުނީ، ވެލީގެ ގަނޑުވަރު މިމަހުގެ 24 ވަންދަން ކޮޅަށް ހުންނާނެ ކަމަށާއި މިހާތަނަށް އޭތަން ބަލާލުމަށް 180،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.