މައްކާ (ސެޕްޓެމްބަރު 2): ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދިޔަ ނުވަ އަންހެނަކު ވިހާފައިވާ ކަމަށް މައްކާގެ މެޓާނިޓީ އެންޑް ޗައިލްޑް ހޮސްޕިޓަލްގެ ޑިރެކްޓަރު، ޑރ. އަނަސް ސައްދަޔޯ ވިދާޅުވެއްޖެ އެވެ.

ޑރ. އަނަސް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގައި ވިހެއި ނުވަ އަންހެނުންނަކީ ތަފާތު ގައުމުތަކަށް ނިސްބަތްވާ އަންހެނުންނެވެ. އަދި ހޮސްޕިޓަލުން ދަނީ އެ އަންހެނުންނާއި ހުރިހާ ހައްޖާޖީންނަށް ވެސް ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

މައްކާގައި ވިހެއި އަލްޖީރިއާގެ އަންހެނަކު ވަނީ ދުނިޔޭގައިވާ އެންމެ މާތް ބިމުގައި ވިހެއުމުން އުފާވާ ކަމަށް ބުނެފަ އެވެ. އަދި ހައްޖަށް ދިޔައީ އެކަނި ނަމަވެސް މިހާރު ބައިވެރިއެއް ލިބިފައިވާ ކަމަށް ސައުދީ ގެޒެޓާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ސައުދީ އަރަބިއާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި މި އަހަރުގެ ހައްޖުގައި 2.352 މިލިއަން މީހުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި 1.334 މިލިއަން އަންހެނުންނާއި 1.018 ފިރިހެނުން ހިމެނޭ ކަމަށް ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކުރެ އެވެ.