02 Sep 2017, 12:04
މިއަދާއި މާދަމާ މުޅި ރާއްޖެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓްރޮލަޖީ ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.
މީޓްރޮލަޖީން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭއިރު، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުން، ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ވައި ގަދަވާނެ ކަމަށެވެ. ރާއްޖޭގެ އެހެން ހިސާބުތަކަށް ފަސް މޭލާއި 15 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިއްސާރާގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭއިރު އެހެނިހެން ހިސާބުތަކަށް އިތުރަށް ކަނޑު ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެވެ އެވެ. އާންމު ގޮތެއްގައި ރާޅު ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެއަށް މޫސުން ގޯސްވާނެތީ، މައުލޫމާތެއްގެ ގޮތުގައި މެޓް އޮފީހުން ވަނީ ވައި އެލާޓް ނެރެފަ އެވެ. މުޅި ރާއްޖެއަށް ނެރުނު ވައިޓް އެލާޓް މިއަދު ހެނދުނު 10:00 އިން ފެށިގެން ހަ ގަޑިއިރަށް ދިގުދެމިގެންދާނެ އެވެ.
މި ދުވަސްވަރަކީ ބޮޑު އީދު ބަންދަށް ގިނަ ބަޔަކަ އެއް ރަށުން އަނެއް ރަށަށް ދަތުކުރަމުންދާ ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކުރެ އެވެ.