26 Jul 2011, 10:50
ޔަންގޫން (26 ޖުލައި) : މިޔަންމާގެ އިދިކޮޅު ލީޑަރު އަންގސަންސޫޗީ އެޤައުމުގެ ސަރުކާރުގެ އިސްމަސްއޫލުވެރިއަކާ ބައްދަލުކުރައްވައިފިއެވެ. މިޔަންމާ ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި މިބައްދަލުވުން ބޭއްވުނީ ޔަންގޫންގައި ހުންނަ ސަރުކާރުގެ ގެސްޓް ހައުސްއެއްގައި ކަމަށާ ސަރުކާރުގެ ފަރާތުން ސޫޗީއާ ބައްދަލުކުރެއްވީ ސޯޝަލް ސެކިއުރިޓީއާބެހޭ ވަޒީރު އުންކީ ކަމުގަ އެވެ.
މިއީ ސަރުކާރުން ކުރިއަށްއެޅި ފިޔަވަޅެއްކަމަށް އަންގސަންސޫޗީގެ އިދިކޮޅު ނެޝަނަލް ލީގް ޕާޓީންވަނީ ސިފަކޮށްފައެވެ. މިބައްދަލުކުރެއްވުމާބެހޭ އިތުރު ތަފްސީލް އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ. ސޫޗީގެ ޒަޢާމަތުގެ ދަށުން ޙަރަކާތްތެރިވާ މިޔަންމާގެ އިދިކޮޅު ފަރާތްތަކާއި އެޤައުމުގެ ސަރުކާރާ ދެމެދު މީގެ ކުރިންވެސް ބައްދަލުވުންތައް ބާއްވާފައިވެއެވެ. ނަމަވެސް ދެފަރާތުންވެސް ބޭނުންވާ ކަންތައް އެބައްދަލުވުންތަކުން ޙާސިލް ކުރެވިފައެއް ނުވެއެވެ.
މިޔަންމާއަށް ދިމުޤްރާތީ އިސްލާޙް ގެނައުމަށްފަހު މިދިޔަ މާޗް މަހު ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބުކުރީ ޢަސްކަރީ ކައުންސިލަށް ތާއީދުކުރާ ޕާޓީތައް ކަމަށްވާތީ އެޕާޓީތަކުން އެކުލަވާލާފައިވާ މިޔަންމާގެ ސަރުކާރަކީ ޢަސްކަރީ ކައުންސިލްގެ ނުފޫޒުގެ ދަށުގައިވާ ސަރުކާރެއް ކަމަށް އަންގްސަންސޫޗީގެ އިދިކޮޅު ނެޝަނަލް ލީގް ޕާޓީން ދެކެއެވެ. (އަލްޖަޒީރާ)