01 Sep 2017, 09:14
އިސްލާމް ދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުވުމާއި ކާބޯތަކެތިން ބަނޑު ފުރާލުން ނޫން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.
އީދު ހުތުބާގައި ބުނެފައިވަނީ އީދަށް އީދޭ ކިޔުނީ ކޮންމެ އަހަރަކު އައު އުފާތަކަކާ އެކު މިދުވަސް އަންނާތީ ކަމަށެވެ. އިސްލާމީ އީދު ތަކުގައި އޮތީ އުފާވެރި ކަމާއި މުނިފޫހިފިލުވުން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެއީ ހިތްތަކުގެ ސާފު ކަމުންނާއި މޫނުތަކުގެ އުފާވެރި ކަމުން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
25 ޖޫން 2017: ސްޓޭޑިއަމް ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އަދި ބުނެފައި ވަނީ އީދަކީ އެކަނިވެރިޔާގެ އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައި ދިނުމަށާއި ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދިނުމަށާއި ބީރައްތެހި މީހާ ރައްޓެހިކުރުވުމަށް އޮންނަ މުނާއްސަބެއް ކަމަށެވެ.

1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
" އިސްލާމް ދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން. އެއީ ކާބޯތަކެތިން ބަނޑު ފުރާލުމެއްވެސް ނޫން. އެއީ ﷲ ހައްދުތައް ފަހަނައަޅައި ދިއުމެއްވެސް ނޫން. އިސްލާމް ދީނުގައި އީދު އަންނަނީ ﷲ އަށް އަދާކުރަން ޖެހޭ މުހިންމު އަޅުކަންތަކާ ގުޅިގެން. އެހެންކަމުން އިސްލާމީ އީދުތަކަކީ ﷲ އަށް ކިޔަމަންގަތުން މަތީގައިވާ މުނާއްސަބަތުތަކެއް،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ހައްޖާއި އީދު ޝަރުއު ކުރެއްވީ އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށްޓަކައި ކަމަށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ އެކުވެރިކަން މަތީ ދިރިއުޅުމަށްޓަކައި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
25 ޖޫން 2017: ސްޓޭޑިއަމް ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އީދާއި ހައްޖަކީ ސުލްހަ މަސަލަސްކަން ކަމުގައި އީދު ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
" ހައްޖުގެ ތެރެއިން ލާފައި ކޮންމެ ހައްޖުވެރިއަކަށް އަނެކާގެ ހަޔާތަށް ހުރުމަތްތެރިކޮށް ހިތަން ދަސްވޭ. އެކަކު އަނެކަކަށް އަދާވާތްތެރި ނުވުމަށް ތަމްރީނު ލިބޭ. އެކަކު އަނެކެއްގެ މިނިވަން ކަމަށް އަރައި ނުގަތުމަށް ތަރުބިއްޔަތު ލިބޭ،" އީދު ހުތުބާގައިވެއެވެ.
އެންމެހާ ބޭފުޅުންވެސް ތަގުވާވެރި ވުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ. އަދި އެގޮތަށް އަމަލުތައް ބެހެއްޓުމަށް ހަޔާތުގެ އަމުރުވެރި ފަރާތަކީ ދީން ކަމުގައި ހެދުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.