ސްރީލަންކާގައި ބޭއްވިި އިންޓަނޭޝަނަލް ކޮންފަރެންސް އޮން އެޕްލައިޑް ސައިކޮލޮޖީ ގައި ބައިވެރިވި ދިވެއްސަކު ރަން މެޑަލް އެއް ހޯދައިފިއެވެ.

ރަން މެޑަލް ހޯދާފައިވަނީ އަމިއްލައަށް މަރުވުމާ މާޔޫސް ވުމާ ގުޅޭ ގޮތުން އެ ކޮންފްރެންސްއަށް ދިރާސާ ރިޕޯޓެއް ހުށައެޅި މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ) ޖުމާނާ ސަލީމްއެވެ.

ރާއްޖޭގެ އެންމެ މޮޅު އެއް ނަފްސާނީ ޑޮކްޓަރު ކަމަށްވާ ޑރ. އައިޝަތު އަލީ ނާޒް އޭނާގެ ފޭސްބުކްގައި ވިދާޅުވީ ދަރިވަރުންގެ ކެޓަގަރީން ޖުމާނާ އަށް ރަންމެޑަލް ލިބިފައިވާ ކަމަށާއި އޭނާއަށް އެ މަގާމް ލިބުނީ އަމިއްލަ އަށް މަރުވުމާއި މާޔޫސްވުމާ ދެކޮޅަށް ތައްޔާރު ކޮށްފައިވާ ދިރާސާއާ ގުޅިގެން ކަމަށެވެ.

ޑރ. ނާޒް ވިދާޅުވީ ދިވެހީންނަށް އަގުވާމީ މައިދަނުގައި އެފަދަ ވަނަތައް ލިބުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ.

ޖުމާނާ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ ބައިނަލް އަގުވާމީ ކޮންފަރެންސްއެއްގައި ރާއްޖެ ތަމްސީލް ކުރެވުމަކީ ކުރެވުނު ތަފާތު ތަޖުރިބާއެއް ކަމަށާއި ދިވެހިންނާއި ދިވެހި ރާއްޖެއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.