31 Aug 2017, 23:47
މިދިޔަ ބުރާސްފަތި ދުވަހު ގެއްލިގެން ހޯދަމުން އައި ފުރާވަރު އަންހެން ކުއްޖާ ފެނިއްޖެއެވެ.
އާއިލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އދ. ހަންޏާމީދޫ، ބްލޫހެވަން އުމަރުން 17 އަހަރުގެ ޢާއިޝަތު ޝިމްރީން ޢިމާދު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ ކުއްޖާ ފެނުނުނީ މިރޭ 11:00 ހާއިރު ހުޅުމާލެ މަގެއްގެ މަތިން ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.