މި އަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހުގެ އުފަލުގައި ދިރާގުން "ބޮޑު ޢީދު ޑޭޓާ ޕެކް"ގެ ނަމުގައި ވަރަށް ޚާއްސަ ޑޭޓާ ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓް 2017 އިން ފެށިގެން 3 ސެޕްޓެމްބަރު 2017 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން އަކީ ޚާއްސަ ޑޭޓާ ޕްލޭންތަކެއް އަދި ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުނެއެވެ.

ތިރީގައި މި ވަނީ އިތުރު ޑޭޓާ ލިބިގެން ދާ ޕަވަރ ޑޭޓާ ޕްލޭންތަކެވެ. އަދި ޑޭޓާ ޕްލޭން އެކްޓިވޭޓް ކުރައްވާނެ ގޮތެވެ.

  • އީދު ޕެކް 1 ޖީބީ- އެކްޓިވޭޓް ކުރެއްވުމަށް ADD(space) EID1GB ޖެއްސުމަށްފަހު 343 އަށް ފޮނުވާށެވެ.

  • އީދު ޕެކް 4 ޖީބީ- އެކްޓިވޭޓް ކުރެއްވުމަށް ADD(space) EID4GB ޖެއްސުމަށްފަހު 343 އަށް ފޮނުވާށެވެ.
  • އީދު ޕެކް 6 ޖީބީ- އެކްޓިވޭޓް ކުރެއްވުމަށް ADD(space) EID6GB ޖެއްސުމަށްފަހު 343 އަށް ފޮނުވާށެވެ.

މީގެ އިތުރުން ކޮންމެ ޑޭޓާ ޕްލޭނެއް ނެންގެވިޔަސް ވައިބާ ބޭނުންކުރެއްވުމަށް 2GB ހިލޭ ޑޭޓާ ލިބިގެން ދާނެކަމަށް ދިރާގުން ބުނެއެވެ. އަދި މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެއެވެ.

މި ޕްރޮމޯޝަނުގައި ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރެއްވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ބޮޑު ޢީދު ދުވަހާ ގުޅިގެން މި ފަދަ ޕްރޮމޯޝަނެއް ހިންގުމުގެ އެއް މަގުސަދަކީ ދިރާގުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުން ކަމުގައެވެ.