އދ. ދިގުރަށުގައި މީހުން ނޫޅޭ ސަރަހައްދުގެ ގޮނޑުދޮށުން ފެނުނު ގޮވާ އެއްޗެއްކަމަށް ޝައްކު ކުރެވޭ އެއްޗަކީ "އެކްސްޕްލޯސިވް" ޖަހާފައިވާ ހުސް ކޮންޓައިނަރެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު ފެނުނު އެއްޗަކީ ހުސް ކޮންޓެއިނަރެއް ކަމަށާއި ނުރައްކާތެރި ގޮވާއެއްޗެއް ނޫން ކަމަށެވެ.

ދިގުރަށުގެ މީހުން ނޫޅޭ ސަރަހައްދުގެ ގޮނޑުދޮށުން ފެނުނު ގޮވާ އެތި ކަމަށް ޝައްކު ކުރެވޭ އެތި--ފޮޓޯ/ އެމްއެންޑިއެފް

އދ. ދިގު ރަށުގެ ކައުންސިލަރަކު 'ސަން' އަށް ވިދާޅުވީ ގޮވާޒާތުގެ އެތި މިއަދު ހެނދުނު ފެނިފައި ވަނީ ފުލުހަކަށް ކަމަށާއި އެވަގުތުން ފެށިގެން އެ ސަރަހައްދު ވަނީ ބަންދުކޮށްފައި ކަމަށެވެ.

ދިގުރަށުން ގޮވާ ޒާތުގެ އެއްޗެއް ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި --- ފޮޓޯ/ އިއްމަ

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދިގުރަށު ގޮނޑުދޮށުން ގޮވާ ޒާތުގެ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.