އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އީދު ނަމާދު ކުރުން އޮންނާނެ ތަންތަނުގެ ލިސްޓެއް އިސްލާމިކް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މާލޭގައި މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާއިރު ވިލިމާލޭ ބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖައްސާފައި ވަނީ ސެންޓަރަލް ޕާކުގަ އެވެ.

އޭގެ އިތުރުން މާލޭގެ 14 މިސްކިތެއް އަދި ހުޅުލެ ހުޅުމާލެ ވިލިމާލޭގެ މިސްކިއްތަކުގައިވެސް އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލޭގައި އީދު ނަމާދު ކުރާ މިސްކިއްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި ފުރުގާނު މިސްކިތްވެސް ހިމެނެ އެވެ.