ސަރުކާރާއި ކުޅުދުއްފުށީ ކައުންސިލު ހިއްސާވާ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ކުންފުންޏެއް "ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އުފައްދަވައިފިއެވެ.

ރައީސްގެ ޤަރާރަކުން އުފެއްދެވި މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ކުޅުދުއްފުށީ ލޭންޑްޔޫޒް ޕްލޭންގައި "ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދު، ދިވެހި ސަރުކާރުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކޮށް، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އެކިއެކި ވަސީލަތްތައް ޤާއިމުކޮށް، ވިޔަފާރީގެ ތަފާތު އިންވެސްޓްމަންޓުތަކަށް މަގުފަހިކުރަން އުފެއްދެވި ކުންފުންޏެކެވެ.