25 Jul 2011, 19:44
ހއ. ދިއްދޫގައި ގާއިމު ކުރި 19,617,299.05ރ ގެ )ނަވާރަ މިލިޔަން ހަސަތޭކަ ސަތާރަ ހާސް ދުއިސައްތަ ނުވަދިހަ ނުވަ ރުފިޔާ ފަސް ލާރި ( ނަރުދަމާ ނިޒާމް ހިންގުން އަޕަ ނޯތް ޔޫޓިލިޓީޒް ކުންފުންޏާއި ޙަވާލުކޮށްފި އެވެ.
މިއަދު ހަވީރު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނަރުދަމާ މިނިޒާމް ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އެންވަޔަރަންމަންޓް އަކްރަމް ކަމާލުއްދީނެވެ. އަޕަ ނޯތް ޔުޓިލިޓީޒް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދު އެވެ.
މިނިސްޓްރީން ބުނީ ޔޫއެސް އެއިޑް ގެ އެހީގައި ކުރިޔަށް ގެންދިޔަ ނަރުދަމާ ނިޒާމުގެ އެއްބަސް ވުމުގެ ދަށުން ދިއްދޫގެ ނަރުދަމާ ނިޒާމް ހިންގާ ބަލަހައްޓައި ހިދުމަތް ފޯރުކޮށްދޭން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނީ އަޕަ ނޯތް ޔުޓިލިޓީޒް ލިމިޓެޑުންނެވެ.