30 Aug 2017, 12:37
ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިއުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ގަވާއިދުން ނެރެމުން ނުގެންދާ 22 ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތައް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އުވާލަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، އުވާލަން ނިންމާފައި ވަނީ ޔޫތު މިނިސްޓްރީން ނެރެފައިވާ ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިއުކުރުމާ ބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން، ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާ ފަދަ ތަކެތި ގަވާއިދުން ތިން ފަހަރު ނުނެރި ހިނގައްޖެ ނަމަ އުވާލެވޭނެ އެވެ.
އަދި އެގޮތަށް އުވާލާ ނޫސް މަޖައްލާ ފަދަ ތަކެތި އަލުން ރަޖިސްޓްރީ ކޮށްދެވޭނީ އުވާލި ތާރީހުން ފެށިގެން ހަ މަސް ދުވަސް ވުމަށް ފަހު ގަވާއިދުން ހުށަހެޅުމަށްފަހު އެވެ.
އަންނަ މަހުގެ އެކަކުން ފެށިގެން އުވާލަން ނިންމާފައިވާ ނޫސްމަޖައްލާ އަދި އޮންލައިން ނޫސްތަކަކީ:
ދިވެހި.ކޮމް.އެމްވީ / މޯލްޑިވްސް މީޑިއާ ކޮމްޕެނީ
- ޓައިމްސް އެމްވީ/ މ. ހުނިގެ
- ބީ 15 ޑޮޓް އެމްވީ/ މާތިލަ، ހދ. ވައިކަރަދޫ
- ތުޅާދޫ މަލަ/ ލިޔާގެ، ބ. ތުޅާދޫ
- ވެލިދޫ ނިއުސް/ އޮއިވަރު/ ނ. ވެލިދޫ
- ފަތިސް/ ރަތްވިލާ ހިއާ، އއ. ތޮއްޑޫ
- ރަށޮވެށި/ ޖަމްނާ، ޏ. ފުވައްމުލައް
- އެޑިޔު ދާލަ/ ޗާންދު، ގދ. ތިނަދޫ
- ވިޔަފާރި އެމް.ވީ/ ޕާކުވޭ، ގއ. ގެމަނަފުށި
- އަސްލު/ މ. އެލާސިއޯ
- ވިޔަފާރި މިއަދު/ މއ. އުރަހަ
- ދުވަސް/ ގ. ހުދުރުވާގެ
- ކުއިލް އެޑްސް/ މ. ވައިނުޖެހޭގެ
- ދަރިފުޅަށްޓަކާ/ ގ. ކުދިތިޔަރަ
- މުދައްރިސް/ މ. ކުރޮޅި
- އަނގޮޅި/ މ. ކުރޮޅި
- ޔަގީން/ މ. ސަންބީމް
- އެކްސްޕްލޯ މޯލްޑިވްސް މެގަޒިން / މ. ވައިނުޖެހޭގެ
- ތިންހަމަ ޕްލަސް/ ހަންޖާ/ ހއ. ވަށަފަރު
- ރުމާލު 2/ ޔުރެކާ، ކ. ތުލުސްދޫ
- ސެލާސް/ ގ. ތަބުރު
- ހުޅުވެހި/ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް