30 Aug 2017, 12:54
އަންނަ މަހުގެ ތިން ވަނަ ދުވަހު ފިލްމު 'ކެދާނަތު'ގެ ޝޫޓިންގް ފަށަން ހަމަޖެހިފައިވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އަބީޝޭކް ކަޕޫރު ބުނެފި އެވެ.
މަޝްހޫރު ފިލްމީ ބަތަލު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ހާން އާއި ޝުޝާންތް ހަރަކާތްތެރިވާއިރު މިފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
"މި ފިލްމު ކުޅެން ފުރުސަތު ލިބުނީމާ ވަރަށް އުފާވޭ. ފިލުމުގެ ޝޫޓިންގްތައް ފަށަން ވީހާ ވެސް އަވަހަކަށް ބޭނުންވޭ. އެކްސްޕީރިއެންސް ހުރި ޓީމަކާ އެއްކޮށް ވޯކް ކޮށްލުމުގެ ފުރުސަތު ލިބުނީމާ ވަރަށް ހިތްހަމަޖެހޭ." ސާރާ ބުންޏެވެ.
މި ފިލްމަކީ ޓީ-ސީރިޒްއާއި ކަރިއާޖް އެންޓައިމެންޓް އަދި "ގައި އިން ދަ ސްކައި" އާއި ބަލައްޖީ މޯޝަން ޕިކްޗާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
އަންނަ އަހަރުގެ މެދުތެރޭ ހިސާބުގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލުމަކީ 'އިމޯޝަނަލް ފިލުމެއް ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
ކެދާނަތަކީ އިންޑިއާގެ ދީނި އަގީދާ ފެނިގެންދާ ރީތި ލޯބީގެ ފިލްމެކެވެ. ފިލްމު ބަލަން ވަންނަ ކޮންމެ މީހަކު ވެސް ދެރަވެގެން ރޮވޭވަރުވާނެ ކަމަށް ފިލުމުގެ ޑައިރެކްޓަރު ބުންޏެވެ.
ސާރާ އެންމެ ފުރަތަމަ ބޮލީވުޑަށް ނުކުންނަން ހަމަޖެހިފައި އޮތީ ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ. ޝުޝާންތް ސިންހް ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ޗަންދާ މަމާ ދޫރް ކޭ" އިންނެވެ.