29 Aug 2017, 17:09
ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް، ބާސެލޯނާގެ އެންމެ އަނގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އެޓީމަށް ބަދަލުވި އޮސްމާނޭ ޑެމްބެލޭ ނެތްތަން ފޫބެއްދުމަށް ޑައިނަމޯ ކިއެވްގެ ތަރި އަންދްރޭ ޔާމަލެންކޯ ޑޯޓްމަންޑަށް ގެނެސްފިއެވެ.
ޔޫކްރެއިންގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޔާމަލެންކޯ ޑޯޓްމަންޑަށް ބަދަލުވީ 25 މިލިޔަން ޔޫރޯއާ ގާތް ކުރާ އަގަކަށް، ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 27 އަހަރުގެ ޔާމަލެންކޯ ވަނީ ކިއެވްގައި ހޭދަ ކުރި 10 އަހަރުގެ ތެރޭގައި 228 މެޗު ކުޅެދީ 99 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ ޔޫކްރެއިންގެ ގައުމީ ޓީމަށް 68 މެޗުން 29 ގޯލް ކާމިޔާބުކޮށްދީފައެވެ.
ޔޫކްރެއިންގެ އެންމު މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޔާމަލެންކޯ އަކީ މިދިޔަ އަހަރުގެ ޔޫކްރެއިން ލީގުގެ އެންމެ ގިނަ ގޯލް ކާމިޔާބު ކުރި ކުޅުންތެރިޔާވެސް މެއެވެ. މިއާއެކު އޭނާ ވަނީ ޕްރިމިއަރ ލީގުގެ ގިނަ ކުލަބުތަކުން ގަންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ވެސް ހިމެނިފައެވެ.
ޔާމަލެންކޯ ޑޯޓްމަންޑުގައި އަދާ ކުރާނެ ކަމަށް ބެލެވެނީ، 105 މިލިއަން ޔޫރޯގެ އަގަކަށް ބާސާ އަށް ބަދަލުވި ޑެމްބެލޭގެ މަގާމެވެ.