ތަފާތު ފިކުރުތަކުގެ މީހުން އެކުވެރިކަމާ އެކު ދިރިއުޅުމުގައި ގެންގުޅެންވީ އިސްލާމީ އުޞޫލުތަކާ ބެހޭ ގޮތުން އަންނަ އޮކްޓޫބަރު މަހު މެލޭޝިޔާގައި އޮންނަ ޖަލްސާއެއްގައި ބައިވެރިވެ، ތަގުރީރު ކުރުމުގެ ފުރުސަތު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްދީފި އެވެ.

މައުމޫނަށް އެ ފުރުސަތު ދިނީ މިޞުރުގެ އަލްއަޒްހަރު ޔުނިވަސިޓީގެ ގްރޭޖުއޭޓުންގެ ބައިނަލްއަވާމީ ޖަމްޢިއްޔާ އިން ކަމަށް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ޖަލްސާ އޮންނާނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި އަންނަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.

މައުމޫން އޮފީހުން ބުނީ އެ ޖަލްސާގައި މައުމޫން ވެސް ތަގުރީރު ކުރައްވާނީ ތަފާތު ފިކުރުތަކުގެ މީހުން އެކުވެރިކަމާ އެކު ދިރިއުޅުމުގައި ގެންގުޅެންވީ އިސްލާމީ އުޞޫލުތަކާ ބެހޭ ގޮތުން ކަމަށެވެ.