ފުލުހުންގެ އޮފިސަރަކު ޔުނިފޯމު ނާޅާ ހުރެ، މީހަކު ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުން އެމީހާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ އޮފިސަރަކު އެމީހާ ހަޔަރު ކުރީ މަސްތުވާތަކެތި މަސްތުވާތަކެތި ބޭނުކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގަ އެވެ.

މިދިޔަ ހުކުރު ދުވަހު މާލެއިން އެމީހާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާގޮތުން މީހަކު ހައްޔަރު ކުރަން ވަނީ ޔުނިފޯމު އަޅާފައި ހުންނަ ފުލުހެއް ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އިޖުރާއަތު ގާނޫނުގެ 40 ވަނަ މާއްދާގެ (ރ)

  • މި މާއްދާގެ ދަށުން މީހަކު ހައްޔަރު ކުރަންވަނީ، ސަބް އިންސްޕެކްޓަ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކު ޔުނިފޯމު އެޅި ފުލުހެކެވެ.