29 Aug 2017, 14:35
ރަޝިއާގެ މަޝްހޫރު ސްކޭޓްކުރުންތެރިޔާ ޔޫޫލިއާ ލިޕްނިޓްސްކަޔާ އެންމެ 19 އަހަރުގައި ރިޓަޔާ ކޮށްފިކަމަށް ރަޝިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
ޔޫޫލިއާ އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ 2014 ވަނަ އަހަރު ބޭއްވި ސޮޝީ އޮލިޕްޕިކްސްގައި އެންމެ ފަނަރަ އަހަރުގައި ގޯލްޑް މެޑަލް ހޯދުމުންނެވެ.
ޔޫޫލިއާ އަކީ ފާއިތުވެގެން ދިޔަ 78 އަހަރުގެ ތެރޭގައި އޮލިމްޕިކްސްގައި ގޯލްޑް މެޑަލް ހޯދި އެންމެ ހަގު ސްކޭޓް ކުރުންތެރިއާ އެވެ.
ޔޫޫލިއާގެ މަންމައާ ހަވާލާދީ ޓާސް ނިއުސް އޭޖެންސީ އިން ބުނިގޮތުގައި ޖޫލިއާ ރިޓަޔާ ކުރަނީ އެނެރޮކްސިއާ ކިޔާާ ބައްޔަކަށްއަށް ފަރުވާ ހޯދުމަށެވެ. އެނެރޮކްސިއާ އަކީ ބަރުދަން ލުއިކުރަން މާބޮޑަށް މަސައްކަތްކުރުމުން ކެއުމާ މާބޮޑަށް ދުރުވުމުން ދިމާވާ ހާލަތެކެވެ.
ޔޫޫލިއާ ރިޓަޔާ ކުރުމުގެ އެއް ދުވަސް ކުރިން ރަޝިއާ އަށް ނިސްބަތްވާ އެންމެ ފަހުގެ އޮލިމްޕިކް ޗެމްޕިއަން އެޑެލީނާ ސޮކްނިޓޯސްކާގެ ކޯޗު ވަނީ އަނިޔާގެ ސަބަބުން ސައުތުކޮރެއާގައި ބާއްވާ ޕިޔޮންގްޗޭންގު ގޭމްސްގައި އެޑެލީނާ ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ.
އެހެންނަމަވެސް އެޑެލީނާ މިއަންނަ އަހަރު ބާއްވާ ގޭމްސްގައި ބައިވެރިނުވުމަކީ ރިޓަޔާކުރުން ނޫން ކަމަށްވެސް އެޑެލީނާގެ ކޯޗު ބުންޏެވެ.