މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަނޫޖާ ޗޯހާންގެ ލޯބީގެ ވާހަކަ "ޒޯޔާ ފެކްޓާ"ގެ މައްޗަށް އުފައްދާ ބޮލީވުޑް ފިލްމު "ޒޯޔާ ފެކްޓާ"ގައި ބޮލީވުޑްގެ ކުޅަދާނަ ތަރި ސޯނަމް ކަޕޫރު ހަރަކާތްތެރި ވާކަން އޭނާ ޔަގީން ކޮށްދީފި އެވެ.

ސޯނަމް ބުނީ އެ ފިލުމުގައި އިސްރޯލެއް އޭނާ އަދާ ކުރާނެ ކަމަށާއި އެ ފިލްމު ކުޅޭނެ ކަމުގެ ޔަގީކަން ފިލުމުގެ ޓީމަށް ދީފައިވާ ކަމަށެވެ.

"އަސްލު ވަރަށް އުފާވޭ މިކަހަލަ ފިލުމެއް ކުޅެލަން ފުރުސަތު ލިބުނީމާ. އަބީޝެކް ޝަރްމާ އާއި އެކީ މަސައްކަތް ކޮށްލަން ލިބުނީމާ ވަރަށް ހިތްހަމަ ޖެހޭ. މި ފިލްމު ވެގެން ދާނެ ބެލުންތެރިންނަށް ކަމުދާ ފިލުމަކަށް. މި ފިލުމަކީ ވަރަށް ރީތި ލޯބީގެ ފިލުމެއް" ފަސްޓް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފަ އެވެ.

ފިލްމުގައި ސޯނަމް އަދާ ކުރާ ރޯލަކީ ޒޯޔާގެ ރޯލެވެ. ޒޯޔާ ނަމަކަށް ކިޔާ ކުއްޖާ އަކީ އިންޑިއާގެ ކްރިކެޓް ޓީމަށް "ލަކީ ޗާމް"އެކެވެ. އެ ޓިީމަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުން ވެސް މެ އެވެ.

އަބީޝެކް ޝަރްމާ އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލު ވެގެން ދިޔަ ފިލުމު "ތޭރޭ ބިން ލާދީން"ގެ ޑައިރެކްޓަރުވެސްމެ އެވެ.