"އަކްސަރު 2"ގެ ޓްރެއިލާާ އާންމުކޮށްފިއެވެ.

ަޒަރީން ޚާން ލީޑް ރޯލް ކުޅެފައި ވާއިރު މި ފިލުމު ވެގެންދާނީ ވަރަށް ތަފާތު ރީތި ފިލްމަކެވެ. މި ފިލްމުގެ ޓްރެއިލާ ބަލާލުމުން ވެސް މިކަން އެނގިގެންދެއެވެ.

"ހޭޓް ސްޓޯރީ" ފިލުމުތަކުން ފެނިގެން ދިޔަ ޒަރީން، "އަކްސަރު2"ގައި ކުޅެފައިވަނީ މުޅިން ތަފާތު ރޯލެކެވެ.

"މިއީ ވަރަށް ރީތި ތަފާތު ފިލްމެއް. މި ފިލްމުގެ ކޮންސެޕްޓްވެސް ވަރަށް ރީތި،" ފަސްޓްޕޯސްޓް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ފިލްމުގައި ތަފާތު ދައްކުވައިދެނީ އަންހެން ކުއްޖަކަށް ވަޒީފާއެއް ނުލިބި ވަޒީފާ އެއް ހޯދަން އުޅުމުގެ ތެރެއިން 'ސިންގަލް' ކުއްޖަކަށް ވަޒީފާގެ ފުރުސަތު އޮތް ހިސާބުންނެވެ. އަންހެން ކުއްޖާއަށް ނޭނގި އޭނާގެ ބޭނުން ރަގަޅަށް ހިފާލާ މަންޒަރު ޓްރެއިލާގައި ދައްކުވައިދެއެވެ. "ދޯކާ" ލިބި ހީވެސް ނުކުރާހާ ގޮތްތަކެއް އޭނާއަށް ވެއެވެ. ތިނެސްކަން ލޯބި ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ ފިލްމާ ދޭތެރޭ ޒަރީން ބުނީ ފިލުމާ މެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ފިލްމު އަޅުވާ ދުވަހަށް ކެތްމަދުވެފައިވާ ކަމަށެވެ.

ގިނަ ތަރިންވެސް މި ފިލްމު ބަލަން ކެތްމަދުވެފައިވާކަން ޓްވިޓާ ތެރެއިންވެސް އެނގިގެން ދެއެވެ.

"އަކްސަރު2" ސްކްރީނުގައި އަޅުވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހުގައެވެ.