19 May 2010, 09:59
14:30
"ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް" މިނަމުގަޔާއި "ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ދެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވައިފި އެވެ.
މިދެކުންފުނި އުފެއްދެވުމުގެ ބޭނުންފުޅަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ތަރައްޤީ ކުރައްވައި، ރައްޔިތުންނަށްދޭ ޚިދްމަތްތައް އިތުރަށް ފުޅާކުރެއްވުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.