29 Aug 2017, 08:39
ރާއްޖޭގައި ބާއްވާ ގެސްޓްހައުސް މޯލްޑިވްސް ދެ ވަނަ ކޮންފަރެންސްގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ޗަންޕާ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ގެޓްއަވޭސްގެ ފަރާތުން، މޯލްޑިވްސް ގެޓައަވޭސްގެ ޑިރެކްޓަރު އަރީފު ވަނީ ގެސްޓްހައުސް ކޮންފަރެންސްގެ ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރައްވާފައެވެ.
އަންނަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގެސްޓްހައުސް ކޮންފަރެންސްގެ ޓައިޓުލް ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ދިރާގުއެވެ.
ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސައިފައި ވަނީ، އެލައިޑް އިންޝިއުރެންސް، އެމްޓީސީސީ، ވަން ސްޓޮޕް ސިންގަޕޫރު، އެސްޓީއޯ އަދި މޯލްޑިވްސް ގޭސް އެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނި ހެޕީ މާކެޓް، އަލް ޝާލީ މެރިން މޯލްޑިވްސް، އެމް ސެވަން ޕްރިންޓް، އަދި ވެލިގާ ހާޑްވެއާއެވެ. ކޮންފަރެންސްގެ ހޮޓެލް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޗަންޕާ ހޮޓެލް އެވެ. އެއާލައިން ޕާޓްނަރަކަށް ހަމަޖެއްސީ މޯލްޑިވިއަން އެވެ.
ކޮންފަރެންސެގެ އިވެންޓް ޕާޓްނަރުންނަކީ އިވެންޓް މޯލްޑިވްސް އާއި އެއާޕޯޓްސް ކޮންޕެނީއެވެ. މިފަހަރު މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން އޮންލައިން، ޕީއެސްއެމް، އަވަސް، އަދި ކޯޕަރޭޓް މޯލްޑިވްސްއެވެ.
މޯލްޑިވްސް ގެޓްއަވޭސް އިން ބުނީ، އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ގެސްޓްހައުސް ކޮންފަރެންްގެ ސަބަބުން ފަތުރުރުވެރިކަމުގެ ދާއިރާ އާއި ގެސްޓްހައުސް ގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅުވާދެވިގެންދާނެ ކަމަށެވެ. އަދި މި ފަހަރުގެ ކޮންފަރެސްގައި ޖުމްލަ 200 ގެސްޓްހައުސްއެއްގެ ވެރިންނާ އި މެނޭޖަރުން އަދި ގެސްޓްހައުސް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވާނެ ކަމަށް ވެސް ގެޓް އަވޭސް އިން ބުންޏެވެ.
މި ކޮންފަރެންސްގައި އެންމެ މަގްބޫލް އޮންލައިން ޓްރެވަލް އެޖެންޓްސް ކަމުގައިވާ އެކްސްޕީޑިއާ އާއި ބުކިން ޑޮޓް ކޮމް ބައިވެރިވާނެނެކަމަށް ގެޓްއަވޭސް އިން މައުލޫމާތުދެއެވެ. މީގެ އިތުރުން ރާއްޖޭގެ ބަޖެޓް ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތް 50 އެޖެންޓުންވެސް މި ކޮންފަރެންސްގައި ބައިވެރި ވާކަމަށް ގެޓްއަވޭސް އިން ބުންޏެވެ.
މޯލްޑިވްސް ގެޓްއަވޭސްއިން ބުނީ، ގެސްޓްހައުސް ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކަށް ގެސްޓްހައުސް މޯލްޑިވްސް މެގަޒިންގެ 2018 ވަނަ އަހަރުގެ އަދަދުގައި ހިލޭ ލިސްޓުކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށެވެ.
ގެސްޓްހައުސް މޯލްޑިވްސް މެގަޒިނަކީ ރާއްޖޭގެ ގެސްޓްހައުސްތަކާ ބެހޭ ގޮތުން ނެރެވޭ ހަމައެކަނި ޕްރިންޓް މެގަޒިނެވެ. އެ މަޖައްލާގެ 5،000 އަށް ވުރެ ގިނަ ކޮޕީ، ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހައި، ރާއްޖޭގެ ގެސްޓްހައުސްތައް މާކެޓު ކުރެއެވެ.