25 Jul 2011, 15:49
މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މާދަމާ ގައުމާ މުހާތަބު ކުރައްވާނެ އެވެ. މާދަމާ ހެނދުނު އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވަވާނީ ދަރުބާރުގޭގައި 10:00 ޖަހާއިރު ބާއްވާ ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތާއި، ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުމުގެ ރަސްމިއްޔާތުގަ އެވެ.
މާދަމާގެ ރަސްމިއްުޔާތުގައި ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް، ޢިއްޒަތް އަރުވަނީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުންނެވެ. މާދަމާ ދައުލަތުގެ މަތިވެރި ޢިއްޒަތް، އަށް ބޭފުޅަކަށް އަދި ދިވެހި ދައުލަތުގެ ޢިއްޒަތް، ހަ ބޭފުޅަކަށް އަރުވަން ރައީސްލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.