28 Aug 2017, 10:29
ކުރާ ކޮންމެ ކަމެއްގައިވެސް ޗެލެންޖް ކުރުމަކީ ވަރަށް ކުރާ ހިތްވާ ކަމެއްކަމަށް މަޝްހޫރު ފިލްމީ ބަތަލާ ރިތިކް ރޯޝަން ބުނެފިއެވެ.
އޭނާ ކުރާ ކޮންމެ މަސައްކަތަކީ ވެސް އޭނާއަށް ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ރިތިކު ބުނެއެވެ.
"ފިލްމީ ދާއިރާ އަކީ އެންމެ އުޅޭހިތްވާ ދާއިރާ. އަބަދުވެސް ތަފާތު ރޯލުތަކުން ފެނުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް. ފިލްމު ކުޅުމަކީ އެންމެ ޝައުގުވެރިވާ ކަންތައް." އޭނާ ބުންޏެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ރިތިކް ބުނީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރަން ޖެހުނުކަމުގައި ވީނަމަވެސް އެދުވަހަކުން ކެމެރާގެ ފުރަގަހުން އޭނާގެ މަސައްކަތް ފެންނާނެކަމަށެވެ.
"17 އަހަރު ވެއްޖެ މިދާއިރާގައި މަސައްކަތް ކުރާތާ. ވޭތުވެދިޔަ 17 އަހަރަކީ އަހަރެންގެ މުޅި ދިރިއުޅުމަށް ބަދަލު އައި އަހަރުތަކެއް. ފިލްމީ ދާއިރާއިން އަހަރެންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ. މިއަދު އަހަރެން މިހުރި ހިސާބަށް މިއައީ ހަމަ ފިލްމީ ދާއިރާގެ ސަބަބުން،" ރިތިކް ބުންޏެވެ.
އެންމެ އުފާވާ އެއް ކަމަކީ މިދާއިރާގައި އެންމެ މަޝްހޫރު ފަންނާނުންނާ އެކީ މަސައްކަތް ކޮށްލުންކަމަށްވެސް އޭނާ ބުންޏެވެ. މިދާއިރާއިން އެއްވެސް ކަހަލަ 'ރިގްރެޓް' އެއް ނޯންނާނެ ކަމަށާއި މި 'ޖާނީ' އަކީ ވަރަށް ސަޅި 'ޖާނީ' އެއްކަމަށްވެސް އޭނާ ބުނެއެވެ.
ރިތިކް އެންމެ ފަހުން ފެނުނީ ފިލްމު 'ކާބިލް' އިންނެވެ. އޭނާ އެ ފިލުމުން ފެނުނީ ލޮލަށް ނުފެންނަ އަނދިރި މީހެއްގެ ރޯލުންނެވެ. މި ފިލްމު ވެގެން ދިޔައީ ގިނަ ފަންނާނުންނަށްވެސް ވަރަށް ކަމުދިޔަ ފިލްމަކަށެވެ.
ރިތިކް އެންމެ ފުރަތަމަ ސްކީރީނުން ފެނިގެން ދިޔައީ 'ކަހޯނާ ޕްޔާރްހޭ' އިންނެވެ. އޭނާ ވަނީ އެ ފިލްމުން ފިލްމް ފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ މަގާމުވެސް ހޯދާފައެވެ.