Back
Nov 23, 2025 SUN
SUN

އަމުރަށް ނުކިޔަމަންތެރިވިކަމަށް ބުނެ މަހްލޫފްގެ މައްޗަށް ތަހްގީގު ފަށައިފި

އަމުރަށް ނުކިޔަމަންތެރިވިކަމަށް ބުނެ މަހްލޫފްގެ މައްޗަށް ތަހްގީގު ފަށައިފި
Lead photo

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމުގެ ތުހުމަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްގެ މައްޗަށް ތަހްގީގު ފަށައިފިއެވެ.

ރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑިއިގަތުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުކުރީ ގާސިމް އިބްރާހިމްގެ މައްޗަށް ހުކުމް ކުރިރޭ އެ ސަރަހައްދަށް އެއްވެ ހަމަނުޖެހުން ހިންގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ. އެ ދެ ތުހުމަތުގެ އިތުރުން އެހެނިހެން ބައިވަރު ތުހުމަތުތަކެއްގެ ތަހްގީގު ކުރަމުންދާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ގާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ މަހްލޫފް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ނިންމައި އޭނާ ދޫކޮށްލާފައިވަނިކޮށް ދެން ތަހްގީގު ކުރެވޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ފުލުހުންނަށް ބަޔާން ދިނީ ވެސް އެ ގޮތަށް ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

"މަހްލޫފް ހައްޔަރުކުރި އިޖްރާއަތްތަކަކީ ބާތިލް އިޖުރާއަތްތަކަކަށްވާތީ އަޅުގަނޑުމެން ގަބޫލެއް ނުކުރަން މި މައްސަލައާ ގުޅިގެން ހިންގިދާނެ ތަހްގީގެއް ކުރެވިދާނެ ޝަރީއަތެއް ކުރެވިދާނެ ހުކުމެއް ވެސް އޮންނާނެ ކަމަކަށް،" މަހްފޫޒް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ މައްޗަށް ހުކުމް ކުރުމަށް ތާވަލުކުރުމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މީހުން އެމްއެމްއޭ ސަރަހައްދުގައި ކުރި މުޒާހަރާގައި ވަނީ މަހްލޫފްއާ އެކު އިތުރު މީހަކު ވެސް ހައްޔަރުކޮށްފައެވެ.

ފުލުހުން ކޯޓުގައި އެދުނީ އެ ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް އެ ދެމީހުން ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށްވާތީ ދޫކޮށްލަން ގާޒީ އަމުރުކުރެއްވީއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics