28 Aug 2017, 00:19
ފުރާވަރު އަންހެން ކުއްޖަކު މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަނީ އދ. ހަންޏާމީދޫ، ބްލޫހެވަން އުމަރުން 17 އަހަރުގެ ޢާއިޝަތު ޝިމްރީން ޢިމާދު ނަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަ ޢާއިޝަތު ޝިމްރީން --- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރުފަހު 1:30 ގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާއަކީ އާއިލާ އާއެކު މާލޭގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އެ ކުއްޖާ ހަބަރެއް އެންމެ ފަހުންވެފައި ވަނީ ކ. މާފުށިން ކަމަށް އެނގިފައިވެ އެވެ. އަދި އޭގެ ފަހުން އާއިލާއަށް ވެސް އެ ކުއްޖާގެ ހަބަރެއް ވެފައިނުވާ ކަމަށް ވެއެވެ.
އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް އެންގުމަސް ފުލުހުން ވަނީ އެދިފައެވެ.