ފިލްމު ކުޅެން ބޭނުންވާ ކަމަށާއި ދެން ފިލްމެއް ކުޅެން ބޭނުންވަނީ މުޅިން ތަފާތު ރޯލަކުން ކަމަށް އަކްޝޭ ކުމާރު ބުނެފިއެވެ.

މި ދުވަސްވަރު މާ ގިނައިން އެކްޝަން ފިލްމް ތަކުގެ 'ލީޑް' ބައި ކުޅުމުގެ ސަބަބުން އަކްޝޭ ވަނީ ކޮންމެވެސް ވަރަކަށް އަރާމުކޮށްލަން ބޭނުންވެފައެވެ. އެގޮތުން އެކްޝަން ފިލްމް ޖައްސަ ޖައްސައިގެން ކުޅެން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ވަރަށް އުނދަގޫ ވާ ކަމަށް އަކްޝޭ ބުންޏެވެ.

" ހީވަނީ ސިކުނޑި އަބަދުވެސް ގޮވާފަ ހުންނަހެން. މުޅިން ތަފާތުކޮށްލަން ބޭނުންވަނީ. ފިލްމުތަކުގެ ޝޫޓިންގް ހިނގާއިރު ކުޅެން ބޭނުންނުވާ ބައެއް މަންޒަރުތައް ހުރޭ. ތަޅާފޮޅާ ސީން އެއް ކުޅެން ޖެހުމުން އެކަމަށް ވަރަށް ޖެހިލުންވޭ. ބައެއް ފަހަރު ތަޅާފޮލާ މަންޒަރު ކުޅޭއިރު މީހެއް ގައިގައި ޖަހާލެވޭ ގޮތަކުން އޭނާއަށް އަނިޔާ ލިބި ފިލްމުގެ ޝޫޓިންތައް ކުރިއަށް ނުގެންދެވޭ ގޮތްވުމުން ވަރަށް ދެރަވޭ." އޭނާ ބުންޏެވެ.

މިދިޔަ ހަފްތާގައި އިންޑިއަން ޓައިމްސް ލައިފްސްޓައިލްސް ނެޓްވޯކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ބޭނުންވަނީ ބެލުންތެރިންނަށް ތަފާތު ދެއްކުމަށް ކަމަށެވެ. އަދި އެއްކަހަލަ ރޯލުތަކުން އަބަދު ފެންނަނީނަމަ ބެލުންތެރިންވެސް ފޫހިވާނެކަމަށް އޭނާ ބުންޏެވެ.

އަކްޝޭ ވަނީ ފިލްމް "ރުސްތަމް" އަދި ފިލްމް "އެއާފްލިޓް" އިން އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދާފައެވެ. މިއީ އަކްޝޭއަށް ގައުމީ އެވޯޑު ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އަކްޝޭ ވަނީ ބެލުންތެރިންނަށް ކަމުދިޔަ ހެއްވާ މަޖާ ފިލްމު "ހައުސްފުލް 3" ވެސް ކުޅެފައެވެ.