27 Aug 2017, 16:58
ސްރީ ލަންކާ ދަތުރުތަކަށް ހާއްސަކޮށްގެން ސްރީލަންކާ އެއާލައިންސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ސްރީލަންކާ އެއާލައިން އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން މާލެ- ސްރީލަންކާގެ ދެކޮޅު ޓިކެޓް 253 ޑޮލަރަށް ލިބޭނޭ ކަމަށެވެ. މި އަގުގައި ޓިކެޓް ލިބިވަޑައިގަންނަވާނީ މާލެއިން ކޮލަންބޯއަށް ދަތުރު ކުރާ ފްލައިޓް ތަކުގެ ތެރެއިން ޔޫއެލް 110، ޔޫއެލް 102 އަދި ޔޫއެލް 104 އިން އެކަންޏެވެ. އަދި ކޮލަންބޯއިން މާލެއަށް އައުމަށް މި ފެއާގައި ހަމަޖެހިފައިވަނީ ޔޫއެލް 109 އަދި ޔޫއެލް 103ގެ ދެ ފްލައިޓުންނެވެ.
މި ހާއްސަ ފެއާގެ ދަށުން ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސްއެ ތާރީހުގެ ކުރިން 31 ޑިސެންބަރާހަމައަށް މާލެ އާއި ކޮލަންބޯއާ ދެމެދުގެ ދަތުރުތަކަށް މި ފެއާގެ ދަށުން ޓިކެޓް ލިބެން ހުންނާނެކަމަށް ސްރީލަންކާ އެއާލައިންސްއިން ބުންޏެވެ.
ސްރީލަންކާ އެއާލައިންސްއިން ބުނީ މި ފެއާގެ ދަށުން ޔޫއެލް 110 ގެ ފްލައިޓުން ބިޒްނަސް ކްލާހުގައި ދަތުރު ކުރާ ފަރާތްތަކަށް 50 ކިލޯގެ ބަގޭޖް އެލަވަންސް ލިބިގެންދާނެ ކަމަށެވެ. އަދި ހަމަ އެ ފްލައިޓުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ފަރާތްތަކަށް 46 ކިލޯގެ ބަގޭޖް އެލަވަންސް ލިބިގެންދާނެކަމަށްވެސް އެ އެއާލައިންސްއިން ބުންޏެވެ.