ދެހާސް ނަވާރަ ވަނަ އަހަރު ބާއްވާ 10 ވަނަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވޭތޯ ކުޅިވަރާ ބެހޭ މިނިސްޓްރީއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޮލިމްޕިކް ކޮމެޓީން ބުނެފި އެވެ.

އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެރްޓަރީ އަހުމަދު މަރުޒޫގް )މަރޭ( މިއަދު ވިދާޅުވީ، މިމުބާރާތް ރާއްޖޭގައި ބާއްވަން ވިސްނުން ގެންގުޅޭ ކަމަށާއި އެގޮތުން މުބާރާތް ބޭއްވެން އޮތީ ސަރުކާރާއެކު މަޝްވަރާކޮށް ސަރުކާރުން ދޭ ލަފައެއްގެ މަތިން ކަމަށެވެ.
ސަރުކާރާއެކު މިވަގުތު މަޝްވަރާތައް ކުރިއަށް ދިޔަނަމަވެސް، އަންނަ ބުރާސްފަތި ދުވަހު މިކަމާގުޅޭ މައުލޫމާތުތައް މީޑިއާގައި އާންމު ކުރާނެ ކަމަށް ވެސް މަރޭ ވިދާޅުވި އެވެ.

ގިނަ ކުޅިވަރުތައް ހިމެނޭ ގޮތައް އަދި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ރާއްޖޭގައި މިހާތަނަށް ބާއްވައިފައި ނުވާއިރު، މި އަހަރު ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެއްސި ބީޗް ގޭމްސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.