ގިނަ ގިނައިން އެކްޝަން ފިލްމު ކުޅެން އަންހެން ތަރިންނަށް ދިނުމަކީ މުޅި ފިލްމީ ދާއިރާ ވެސް ކުރިއަރާނެ ކަމެއް ކަމަށް ކުޅަދާނަ ބަތަލާ ޖެކްލީން ފެނާރަންޑޭޒް ބުނެފި އެވެ.

ަޓައިމްސް އޮފް އިންޑިއާ އަށް އިއްޔެ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާ އަށް ގިނަ އެކްޝަން ފިލްމުތަކުގެ ޓީމާ އެކީ މަސައްކަތް ކުރެވިފައިވީ ނަމަވެސް ބޭނުން ވަނީ އަމިއްލަ އަށް އެކްޝަން ފިލްމެއް ކުޅެން ކަމަށެވެ.

'ދިޝޫމް' ފިލްމުގެ ވާހަކަތައް ހިއްސާ ކުރަމުން ޖެކްލީން ބުނީ އެ ފިލްމަކީ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމެއް ކަމަށާއި އެ ފިލްމުގައި އެކްޝަން ރޯލެއް ކުޅެލަން ލިބުމުން އުފާވާ ކަމަށެވެ.

"ވަރަށް ތަފާތު އެކްސްޕީރިއެންސް އެއް އެއީ. ކުޅެލާ ހިތުން ކުޅެލެވުނު. މިކަހަލަ ގިނަ އެކްޝަން ފިލްމުތައް އަންހެންތަރިން ލައްވާ ކުޅުވަން ޖެހޭ. އޭރުން މިދާއިރާ ކުރިއެރުވޭނީ. އޭގެ ފިލްމުތައް ކުޅެން ވަރަށް ޝައުގުވެރިވޭ." ޖެކްލީން ބުންޏެވެ.

މިހާރު ޖެކްލިން މަސައްކަތް ކުރަމުން އަންނަނީ ފިލްމެއްގެ ޕްރޮމޯޝަންގެ މަސައްކަތެއްގަ އެވެ. އޭނާ އެކްޓުކޮށް އެންމެ ފަހުން ކުޅެފައިވާ ފިލްމް "ޖުލްވާ2" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 29 ގަ އެވެ.