27 Aug 2017, 08:47
ސްރިލަންކާގެ ހެލްތް މިނިސްޓަރު ޑރ. ރަޖީތާ ސެނެރަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ގައުމުގެ އިދިކޮޅު ފަރާތްކުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
ހެލްތް މިނިސްޓަރު ޑރ. ރަޖީތާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މައްސަލަ ހުށަހަޅައިފައިވަނި ރަޖީތާ އާއި ބެހޭ ގޮތުން ކޮރަޕްޝަންގެ މައްސަލަތަކެއް އައިސްފައި ވާތީކަމަށް ބުނެއެވެ. ގައުމުގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމުގައި ވެސް ރަޖީތާ ވަނީ އިސްރޯލެއް އަދާކުރައްވާފައިކަމަށް އެންސީއެމް އިން ތުހުމަތުކުރެއެވެ.
ދައުލަތުގެ ބަންޑާރަ ނައިބު ޝަރުއީ ކޯޓްގައި ފައިލްކޮށްފައިވާ ކޭސްތައް ހެލްތް މިނިސްޓަރު އަނބުރާ ނަންގަވައިފައިވާ ކަމަށްވެސް އެންސީއެމް އިން ތުހުމަތުކުރެއެވެ.
ގާނޫން ހަދާ މަޖިލީހަށް މި ހުށަހެޅި ހުށަހެޅުމަކީ ރަނގަޅު ނިންމުމެއްކަމަށް ލަންކާގެ ކުރީގެ ރައީސް މަހިންދަރާޖްޕަކްސާ ވެސް ވަނީ ވިދާޅުވެފައެވެ. ރާޖަޕަކްސާ ވިދާޅުވީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްކަމަށާއި މި މައްސަލައިގެ ކުޑަބޮޑުމިން ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށެވެ.
" މައްސަލައިގެ ކުޑަބޮޑުމިން ރައްޔިތުންނަށް އެނގެން ޖެހޭނެ. އެ މައްސަލައަކީ ކިހާ މުހިއްމު މައްސަލައެއްކަންވެސް ރަންޔިތުންނަށް އެނގެންޖެހޭ،" ރާޖަޕަކްސާ ވިދާޅުވިއެވެ.
ރާޖަޕަކްސާ އަކީ ސްރީލަންކާގެ ހަވަނައަށް ރައީސްކަން ކުރެއްވި ބޭފުޅާއެވެ. އޭނާ ވަނީ 10 އަހަރު ލަންކާގެ ރައީސް ކަމާއި ހަވާލުވެވަޑައިގެން ގައުމަށް ހިދުމަތްކޮށްދެއްވާފައެވެ. އޭނާ ވަނީ 2005 ވަނަ އަހަރު އޭނާއާއި ވާދަކުރެއްވި ލަންކާގެ ޕްރައިމް މިނިސްޓަރު ރަނިލް އާއި ވާދަކޮށް ހަނި ގޮތަކަށް މޮޅުވެފައެވެ.