27 Aug 2017, 13:23
"ހޭންޑް މޭޑް ބައި އީމް ނިޒާމް"ގެ އުފެއްދުންތަކަކީ ރާއްޖެއަންނަ ފަތުރުވެރީންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުންތަކެކެވެ. އެގޮތުން ދިވެހި ސަގާފަތާއި ރަހަތަށް އެކުލެވޭގޮތަށް އީމް ދަނީ، ރިސޯޓް މާކެޓަށް ޚާއްސަކޮށްގެން "ބީޗްވެއަރ ކަލެކްޝަން"އެއް ތައާރަފްކޮށް މާކެޓްކުރަމުންނެވެ.

ރާއްޖޭގެ ކުޅަދާނަ ޒުވާން ލަވަކިޔުންތެރިޔާ އަދި އުންމީދި މޮޑެލް އީމް ނިޒާމް -- ފޭސްބުކް ފޮޓޯ
ރާއްޖޭގެ ކުޅަދާނަ ޒުވާން ލަވަކިޔުންތެރިޔާ އަދި އުންމީދި މޮޑެލް އީމް ނިޒާމް މިހާރު މިވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ މާކެޓަށް "މޭކަޕް ވައިޕްސް" ތައާރަފްކޮށްފައެވެ. ކުރީން ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކުރި ނަމަވެސް މިފަހަރު އީމްގެ މި އުފެއްދުން ދިވެހި ވިޔަފާރިތަކާއި އާންމުންނަށްވެސް ހުޅުވާލައިފައެވެ.
"ހޭންޑް މޭޑް ބައި އީމް ނިޒާމް"ގެ މޭކަޕް ފޮހޭ ޓިޝޫއަކީ މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އުފެއްދުމެކެވެ.

"ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ މޭކަޕް ވައިޕްސް މިހާރު ރާއްޖޭގެ މާކެޓަށް ވަނީ ހުޅުވާލާފައި -- ފޭސްބުކް ފޮޓޯ
"މި މޭކަޕް ވައިޕްސް ބޭނުންކުރި ފަރާތްތަކުން ވަނީ ވަރަށް ރަނގަޅު ފީޑްބެކެއް ލިބިފައި. މީގެ ވަސް ރަނގަޅު ވެފައި މޭކަޕް ފޮހެންވެސް ވަރަށް ފަސޭހަކަމަށް ބުނޭ،" އަލަށް ތައާރަފްކުރި އުފެއްދުމާ ގުޅޭގޮތުން އީން ބުންޏެވެ.
"ހޭންޑް މޭޑް ބައި އީމް ނިޒާމް"ގެ ޓީމުގައި ދިވެހީންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އީމް މިވަނީ ހުޅުވާލައިފައެވެ. އެގޮތުން ސައްތައިން ސައްތަ ދިވެހި ބްރޭންޑެއް ކަމަށްވާ "ހޭންޑް މޭޑް ބައި އީމް ނިޒާމް"ގެ މޭކަޕް ފޮހޭ ޓިޝޫ، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ވިއްކަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަ ލިބޭނެއެވެ. އެގޮތުން ފިހާރަތަކާއި އޮންލައިން ޕޭޖްތަކުގައިވެސް މި އުފެއްދުން ވިއްކުމަށް މިހާރު ހުރަހެއް ނެތެވެ.

ހޭންޑްމޭޑް ބައި އީމް ނިޒާމް ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުންތަކެއް-- ފޭސްބުކް ފޮޓޯ
އީމް ބުނީ، "ހޭންޑް މޭޑް ބައި އީމް ނިޒާމް"ގެ މޭކަޕް ފޮހޭ ޓިޝޫ މިވަގުތު ލިބެން ހުންނާނީ ރިސޯޓްތަކުންނާއި، ދުބާއީ އަދިގްރޭންޑްއެމްޕްރެސް.އެމްވީއިން ކަމަށެވެ.