26 Aug 2017, 12:15
ބޮލީވުޑްގެ ކާމިޔާބު ބަތަލާ މާދުރީ ދިިކްޝިޓް ފިލްމެއް ޕްރޮޑިއުސް ކުރުމަށް ތައްޔާރުވެއްޖެ އެވެ.
މާދުރީގެ އާރްއެންއެމް މޫވިންގ ޕިކްޗާޒްގެ ބެނާގެ ދަށުން ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައި ވަނީ މަރާޓީ ފިލްމެކެވެ. ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ.
މާދުރީ ބުނީ އެ ފިލްމަކީ އާއިލާ އެކުގައި ތިބެގެން ބަލާލެވޭނެ ފިލްމެއް ކަމަށާއި ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައި ހުރިކަމަށެވެ.
ޔޯގޭޝް ވިނާޔަކްގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އެވެ.