ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ހައްޖުގެ އަޅުކަމަށް މިރޭ ފުރާވަޑައިގެންފި އެވެ.

މެޑަމް ފާތުން މިރޭ ހައްޖަށް ފުރާ ވަޑައިގެންއިރު އަރިހުގައި މި އަހަރުގެ އަމީރުލް ހައްޖު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ފުރާ ވަޑައިގެންފަ އެވެ.

ރައީސް ޔާމީން ހައްޖަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފަައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އެމަނިކުފާނު ފުރާ ވަޑައިގަންނަވާ ދުވަހެއް ސާފެއް ނުވެ އެވެ.