25 Aug 2017, 00:36
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތް މިރޭ މެންދަރު ފަށާތީ، ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހައްޔަރުކޮށްފި އެވެ.
މަހުލޫފާއެކު އެތަނުން ބައެއް މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންނާއެކު މަހުލޫފު ހައްޔަަރު ކުރި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންތަކެއް މަހުލޫފު ހައްޔަރު ކުރީ ވީޓީވީއަށް އިންޓަވިއު ދެއްވަމުން ގެންދަވަނިކޮށެވެ.
ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވި މީހުން ދުރަށް ޖެއްސުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެތަނަށް އެއްވި މީހުން ބޮޑުތަކުރުފާނު މަގު، އެމްޕީއެލްއާ ހިސާބަށް ދުރަށް ވަނީ ޖައްސާފަ އެވެ.
ނަމަވެސް އެއްވުމުގެ ބައިވެރިން ދަނީ އެކިއެކި ގޯޅިތަކުން ގޮސް ކްރިމިނަލް ކޯޓު ހުންނަ ސަރަހައްދަށް އެއްވާން މަސައްކަތް ކުރަމުންނެވެ.